Saturday, November 7, 2015

ދެޖިންސް އެއްކޮށް ކިޔަވައިދޭ ސްކޫލްތަކާއި މަރުކަޒުތަކާއި އަދި ޔުނިވާސިޓީތަކުން ތަޢުލީމް ޙާޞިލްކުރުން ހުއްދައެއް ނުވާނެއެވެ.  އެފަދަ ތަންތާގައި ދެޖިންސު އެއްކޮށް މަސްހުނިވެގެން ހިންގާ ނޭދެވޭ ފާޙިޝް ކަންތައްތަކަކީ މީހުންނަށް ނޭގޭ ކަންތައްތަކެއް ނޫނެވެ. އަދި ޙަޤީޤަތަކީ ދެޖިންސް އެއްކޮށް ކިޔަވައިދިން ނަމަވެސް ވަކި އިތުރު އެއްޗެއް ނޭގުމެވެ. ޣައިރު މުސްލިމު ޤައުމު ތަކުގައި އުޅޭ ހެޔޮވިސްނޭ މީހުންވެސް ގޮވާލަނީ ކިޔަވައިދިނުމުގައި ދެންޖިންސު ވަކިކުރުމަށެވެ. ސަބަބަކީ ދެޖިންސް އެއްކޮށް ކިޔަވައިދިނުމުން ކުދިންގެ އަޚްލާޤަށް ނޭދެވޭ އަސަރުތަކެއްކޮށް ކިޔެވުމުގެ ފެންވަރު ދައްވާކަމަށް އެބައިމީހުންނަށް ފާހަގަ ކުރެވުމެވެ. އިތުބާރު ހިފޭ ޢިލްމުވެރިން މިކަމާ ގުޅިގެން ފަތުވާ ދެއްވާފައި ވަނީ މިގޮތައް ތަޢުލީމު ދިނުން ހުއްދަ ނުވާނެ ކަމަށެވެ.( http://islamqa.info/en/45883 )